twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންކަމް ޓެކްސް ނަގަނީ ސާޅީސް ހާސް ރުފިޔާއިން މަތީގެ އާމްދަނީތަކުން

ނަބީލާ އިސްމާޢީލް
Oct 8, 2019

ސަރުކާރުން އިންކަމް ޓެކްސް ނެގުމަށް ހުށައެޅީ ސާޅިސް ހާސް އަށް ވުރެން މަތިން އާމްދަނީ ލިބޭ ފަރާތްތަކުންގެ އަތުން ކަމަށާއި އެ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 8 އިންސައްތަ ނަގާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނުވަގަޑީގައި ވާހަކަ ދައްކަވަމުން ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ އަހަރެއްގެ މައްޗަށް 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

ސަރުކާރުން ހުށައަޅާފައިވާ ޓެކްސް ބުރެކެޓްސް ތަކަކީ އާމްދަނީގެ ގޮތުގައި 0-40000 ލިބޭ ފަރާތް ތަކުން ޓެކްސް ނުނަގައި އާމްދަނީގެ ގޮތުގައި 60000-40000 ލިބޭ ފަރާތް ތަކުން ޓެކްސްގެ ގޮތުގައި އަށްޕަސެންޓް ނެގުމުގެ އިތުރުން އާމްދަނީގެ ގޮތުގައި 60000-100000 ލިބޭ ފަރާތް ތަކުން ޓެކުހުގެ ގޮތުގައި 10 ޕަސެންޓް އަދި 100000 އަށް ވުރެން ގިނައިން އާމްދަނީ ލިބޭ ފަރާތް ތަކުން ޓެކުހުގެ ގޮތުގައި 15 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށެވެ.

އިންކަމް ޓެކްސްގެ ބިލު ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އާމްދަނީން ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެއީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމަށްޓަކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355