twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އެހީވަނީ

ޚަދީޖާ އާދަމް
Oct 12, 2019
2

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ތިންވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފި އެވެ.

މި 5 ޕްރޮޖެކްޓަކީ

  • ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން - މައި ޗޮއިސް އިސް ފުޓްބޯލް
  • ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން - ޒިގް ޒެގް ފޯރ ޔޫތް ލިންކޭޖް
  • ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން - އަހުމަދު ރަޝީދު
  • ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން - އައިޑިއާސް
  • ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން - ކަނޑޫ ސްޕޯރޓްސް ކްލަބް

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލެޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައިވާ ކަމަށާއި އަދި މި ފަންޑުގެ ދަށުން މިހާތަނަށް ދިހަ ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނޭކަމަށް ސައީދު ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ ބީއެމްއެލް އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މޮޓޮރައިޒްޑް ވީލްޗެއަރވެސް ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355