twitterviber whatsapp telegramfacebookyoutube instagram
27th April 2024

މުޅިން އަލަށް 4 ރަށަކަށް އެމްބިއުލާންސް ދީ، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި

Oct 12, 2019

ސިއްހީ ދާއިރާގެ ހިދުމަތްތައް ތަރައްޤީކުރުމަށާއި ސަރުކާރުގެ ސިއްޙީދާއިރާގެ ވައުދުތަކުގެތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސާވިސް" ތައާރަފްކުރުމަށްޓަކައި 25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި އެވެ.

ރަށްރަށަށް ފޮނުވާ އެމްބިއުލެންސްތައް ހަވާޅު ކުރުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާގައި ހަވާލުކުރި އެމްބިއުލެންސްތަކުގެ ތެރެއިން 21 އެމްބިއުލެންސްއަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލެންސްތަކެކެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެމްބިއުލެންސްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން އެމްބިއުލެންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މި 25 ރަށުގެ ތެރޭގައި އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ހިދުމަތް ކުރިން ލިބިފައިނުވާ 4 ރަށް ކަމަށްވާ ބ.ފޮޅަދޫ އާއި ބ.ފެންދޫގެ އިތުރުން ބ.ކިހާދޫވެސް ހިމެނެ އެވެ. މީގެ އިތުރުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއްވެސް މިރަސްމިއްޔާތުގައި ވަނީ އިއުލާނުކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، ރަށްރަށުގައި ފޯރުކޮށްދޭ އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމަށެވެ. އެގޮތުން މިފަދަ ހިދުމަތްތަކަކީ ހަމައެކަނި ފެށުމަށްފަހު އަޅާނުލާ ދޫކޮށްލެވޭ ހިދުމަތްތަކަކަށް ސަރުކާރުން ނުހަދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހަވާލުކުރެވުނު އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355