twitterviber whatsapp telegramfacebookyoutube instagram
25th April 2024

މޯލްޑިވްސް މެޑިކަލް އެކްސްޕޯ އަންނަ ހުކުރު ދުވަހު ފަށަނީ

ނަބީލާ އިސްމާޢީލް
Oct 13, 2019

ސިއްހީ ދާއިރާގެ މައުލޫމާތު ދިނުމަށް އެމްވީ މެޑިކަލްސް އިން ކުރިއަށް ގެންދާ މޯލްޑިވްސް މެޑިކަލް އެކްސްޕޯ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މި އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރުންނަކީ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ލަންކާ ހޮސްޕިޓަލުގެ އިތުރުން ލަންކާގެ އާސިރީ ހެލްތު އަދި ބެންކޮކް ހޮސްޕިޓަލެވެ. އެ ފަރާތްތަކާ އެކު އެމްވީ މެޑިކަލްސް އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެކްސްޕޯ ބާއްވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީގެ އިތުރުން ޝީ މޯލްޑިވްސް އާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކުގައެވެ.

އެމްވީ މެޑިކަލްސްގެ ޑިރެކްޓާ އޮފް ޕީއާރު އަބްދުލް ޖަލީލް ވިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ މި އެކްސްޕޯ މިދިޔަ އަހަރު ނުބޭއްވުނު ނަމަވެސް ކުރިއަށް އޮތްތާގައި ކޮންމެ އަހަރަކު ވެސް އެކްސްޕޯ ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީި ގޮތުގައި މި އެކްސްޕޯ އަކީ ސިއްހީ ދާއިރާ އިން ލިބިފައި ހުރި ކާމިޔާބީތަކާއި ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އާންމުންނަށް ހާމަކޮށްދިނުމަށް ހުޅުވައިލެވޭ ފުރުސަތެއް ކަމަށެވެ.

މިއެކްސްޕޯ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދަރުބާރުގޭގައި މިމަހު 18 އިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށެވެ. އަދި އެކްސްޕޯ ހުލުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 ން ރޭގަނޑު 23:00 އަށެވެ. މި އެކްސްޕޯ އަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ސްޕޮންސަރުންނާއި އެމްވީ މެޑިކަލްސް އިންދޭ ހާއްސަ ހަދިޔާ ލިބޭނެ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ ދެ ފަހަރެއްގައި މިފަދަ ކާމިޔާބު ދެ އެކްސްޕޯ ބާއްވާފައެވެ. މި އަހަރު މި ބާއްވަނީ 3 ވަނަ އެކްސްޕޯއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355