twitterviber whatsapp telegramfacebookyoutube instagram
20th June 2026

އެންމެ ފުރަތަމަ ޖައްވުގައި ހިނގި މީހާ މަރުވެއްޖެ

ޚަދީޖާ އާދަމް
Oct 13, 2019

ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖައްވުގައި ހިނގި ރަޝިޔާގެ ރައްޔިތެއްކަމަށްވާ އެލެކްސީ ލިއޮނޯވް މަރުވެއްޖެއެވެ.

ލިއޮނޯވް މަރުވެފައިވަނީ މޯސްކޯގެ ބާރޑެންކޯ ހޮސްޕިޓަލްގައި މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. ލިއޮނޯވް ޖައްވުގައި ހިނގާފައިވަނީ 1965 ވަނަ އަހަރުއެވެ. އޭނާވަނީ ސޯޅަ ފޫޓް ކޭބަލެއްގެ އެހީގައި 12 މިނެޓް ޖައްވުގައި ހޭދަކޮށްފަ އެވެ.

2014 ވަނަ އަހަރު ބީބީސީއަށް ދިން އިންޓަވިއެއްގައި ލިއޮނޯވް ބުނީ ޖައްވުގައި ހޭދަވި ވަގުތުގެ އިހްސާސް ކިޔައިދޭން ނެނގޭކަމަށާއި އެހެން ނަމަވެސް އެ ވަގުތު ކޮޅަކީ އެންމެ ހިތްހަމަޖެހުނު ވަގުތުކަމަށެވެ.

ލިއޮނޯވް ބުނީ އެ ވަގުތުގެ ހިތްހަމަ ޖެހުމާއެކު ބިރުވެރިންކަން ވެރިވީ އޭނާގެ ސްޕޭސްސޫޓަށް ދިމާވި މައްސަލައަކާއެކު ޝިޕަށް ދިއުމަށް ކުރަންޖެހުނު މަސައްކަތްތަކުން ކަމަށެވެ.

އެދުވަސްވަރަކީ ޔޫއެސް އާއި ޔޫއެސްއެސްއާރުން ޖައްވުގެ ކަންކަން ބަލާ ގާނޫނުތައް ހަދަމުން ދިޔަ ދުވަސްވަރެވެ. ފަހުން ލިއޮނޯވް ވަނީ 1975 ވަނަ އަހަރު ޖައްވުގައި ފުރަތަމަ ހިންގި މިޝަން ޔޫއެސް-ސޮވިއެޓް ގައި ކޮމާންޑަރުގެ މަގާމު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355