twitterviber whatsapp telegramfacebookyoutube instagram
4th September 2025

އެމްޑީއެންގެ ރިޕޯޓް ކުޅުދުއްފުއްޓާއި ނޮޅިވަރަމް ކައުންސިލުންވެސް ކުށްވެރިކޮށްފި

ޚަދީޖާ އާދަމް
Oct 14, 2019
4

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން އިސްލާމްދީނަށް ފުރައްސާރަކޮށް، ނެރުނު ރިޕޯޓް ކުށްވެރިކޮށް ހދ ކުޅުދުއްފުއްޓާއި އެއަތޮޅު ނޮޅިވަރަމް ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ، ރަސޫލާއަށް ހުތުރުގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން ރަށުގެ ރައްޔިތުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި އެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އިތުުރުން ކީރިތި ޤުރުއާނާ ނައްޞުތަކުން ސާބިތުވާ ކަންކަން ކަނޑައެޅިގެން އިންކާރުކޮށްފައިވުމަކީ މުސްލިމުންގެ ގޮތުގައި ތިބެ އެޖަމިއްޔާއިން ކޮށްފައިވާ ފަސާދައިގެ އަމަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ނޮޅިވަރަމް ކައުންސިލުން ނެރުނު ބަޔާނުގައިވެސް އެމްޑީއެންގެ ރިޕޯޓު އެރަށު ރައްޔިތުންނާއި ކައުންސިލުގެ ނަމުގައި ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ އަމަލަކީ އެ ޖަމިއްޔާއިން ކޮށްފައިވާ ވަރަށް ހަޑިމުޑުދާރު އެންމެ ދަށު ދަރަޖައިގެ އަމަލެއްކަމަށާއި ކީރިތި ޤުރުއާނާ ނައްޞުތަކުން ސާބިތުވާ ކަންކަން ކަނޑައެޅިގެން އިންކާރުކޮށްފައިވުމަކީ އެ ޖަމިއްޔާގެ ފާސިދު ނިޔަތް އިންތިހާހަށް ގޮސްފައިވާ ކަމުގެ ދަލީލެއްކަމަށެވެ.

ދެކައުންސިލްގެ ބަޔާނުގައިވެސް ވަނީ ވީހާއަވަހަށް އެ ޖަމިއްޔާއާއި ދޭތެރޭ ލަސްނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355