twitterviber whatsapp telegramfacebookyoutube instagram
20th June 2026

ދެ އަހަރަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދާއިމީ ފުޓުނި އެޅުމުގެ ހިދުމަތް ފަށައިފި

Oct 17, 2019

ދެ އަހަރަށްފަހު ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާއިމީ ފުޓުނި އެޅުމުގެ އިންތިޒާމް ހަމަޖެހިގެން ހިނގައްޖެ އެވެ.

މިއާއެކު މި ވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަތް އުފުރުމާއި، ސްކޭލިންގ އާއި، ވަގުތީ އަދި ދާއިމީ ފުޓުނު އެޅުމާއި ދަތާ ގުޅުންހުރި ބައެއް ކަހަލަ އިތުރު ޕްރޮސީޖާތައް ކުރިއަށް ގެންދެވޭނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ވަގުތު ދިވެހި ޑެންޓިސްޓްއަކާއެކު ތިން ޑެންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެންނަށް ލިބިގެން މި ދިޔައީ ހަޤީޤަތުގައި ކުރިއެރުމެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުން ދަނީ މިހާރު ރޫޓް ކެނަލްގެ ހިދުމަތުގެ އިތުރުން އަޅުގަނޑުމެންނަށް މިހާރު ލިބިފައިހުރި ދެވަނަ ޑެންޓަލް ގޮނޑިންވެސް ޕޭޝަންޓުންނަށް ހިދުމަތް ލިބޭނޭ ގޮތް ހަމަޖައްސައި ދިނުމަށް". ކޭއާރުއެޗުގެ ޒިންމާދާރު ވެރިޔާ ޚަދީޖާ އަލީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. އެވެ.

ކޭއާރުއެޗުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެ ހޮސްޕިޓަލުގައި ވަނީ ސީޓީ ސްކޭނިންގ ހިދުމަތާއި ކާޑިއެކްގެ ހިދުމަތް ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355