twitterviber whatsapp telegramfacebookyoutube instagram
10th October 2026

ނަޝީދު އެންޑް ކޯ އުތުރު ގޮތްޕަށް ދެ މުވައްޒަފުން ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Oct 19, 2019

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ ލޯ ފާމުގެ އުތުރު ބްރާންޗަށް ދެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ. ކުޅުދުއްފުށީގައި ހުޅުވާފައިވާ އެއޮފީހަށް ހޯދަނީ ރިސެޕްޝަނިސްޓަކާއި މަސައްކަތު މީހެކެވެ.

ރިސެޕްޝަނިސްޓްގެ ޝަރުތަކީ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނަކު ދަށްވެގެން ތިން މާއްދާއިން "ސީ" ލިބިފައިވުމެވެ. އެ ފެންވަރުގެ އިމްތިހާނަކުން ދިވެހި އަދި އިނގިރޭސިން ދަށްވެގެން "ސީ" ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން އަދި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ފަދަ ލިޔުންތަކާއި ވަނަވަރު މިމަހު 21 ގެ ކުރިން 17:00 ނަޝީދުގެ އެންކޯ އެލް އެލް ޕީ އުތުރު ބުރާންޗަށް ހުށަހަޅަން ނުވަތަ އެފަރާތުގެ އީމެއިލް ([email protected]) އަށް މެއިލް ކުރުމަށް އެދިފައިވެއެވެ.

މަސައްކަތުގެ މީހެއްގެ ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ ހުނަރު އަދި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް ބަލާނެ އެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވާ ހޯމަ ދުވަހުގެ 17:00 ކުރިން ނަޝީދު އެންޑް ކޯ އެލްއެލް ޕީ އުތުރު ބްރާންޗަށް ގުޅައި ނަންނޯޓްކުރުމަށް އެފަރާތުން އެދެ އެވެ.

މި ކަމުގެ އިތުރު މައުލޫމާތު ހޯދުމަށް އެ އޮފީހުގެ ނަންބަރު 6528778 އަށް ރަސްމީ ގަޑީގައި ގުޅުމުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293