ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެން ދިއުމަށް ނޮޅިވަރަމް ކައުންސިލް ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ. ކައުންސިލްގެ މައްޗަށް އަމުރު ނެރެފއިވަނީ ޕޮއިންޓް ދީފައިވާ ގޮތުގެ މައްޗަށް ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރަށު ގެވަޅު ދިނުމަށް ކުރި އިއުލަނާ ގުޅިގެން އެރަށު މަޒާ، އަލީ ނަދީމު ހުށައެޅި ފޯމުގައި ކައިވެނީގެ ސެޓްފިކެޓް ކޮޕީ ހަމައަށް ނެތުމުން ކަމަށް ބުނެ ނޮޅިވަރަމް ކައުންސިލުން އެކުލަވާލި ކޮމެޓީން ކައިވެނީގެ މުއްދަތަށް އަލީ ނަދީމަށް ޕޮއިންޓް ނުދިނުމުން ސަބަބުން ގޯތި ލިބިފައިވާ ނުވާތީ އެމައްސަލަ ބަލައި ދިނުމަށް އަލީ ނަދީމް އެ ކޯޓަށް ހުށައެޅުމާއި ގުޅިގެން ޝަރީއަތުން ވަކި ގޮތެއް ނުނިމެނީސް ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފިނަމަ ލިބިދާނެ ގެއްލުމަކަށްޓަކައި ނެރެފައިވާ ވަގުތީ އަމުރެއްކަމަށެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އަލީ ނަދީމް ފޯމާއެކު ކައިވެނީގެ ސެޓްފިކެޓް ނޮޅިވަރަމް ކައުންސިލުން ބަލައިގެންފައިވާކަން އެގެން އޮންނާތީއާއި ނޮޅިވަރަމް ކައުންސިލުން އެލިއުމާމެދު އިއުތިރާޒެއް ނުކުރާތީ، އަދިއެ ކައުންސިލުން ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ ކޮމެޓީން އަލީ ނަދީމްގެ ޕޮއިންޓް ދިނުމުގައި އަަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަން ފާހަގަ ކުރެވޭތީއެކަން ބެލުމަށް އަލީ ނަދީމް ހުށައަޅި މައްސަލަގައި ބަލަމުންދާ ގޯތިދިނުމަށް ދޭންޖެހޭ ޕޮއިންޓް ފުރިހަމައަށް ދީފައިނުވުމުގެ މައްސަލައަށް ވަކިގޮތެއް ކަނޑައަޅަންދެން އެ ކައުންސިލުން ކުރި އިއުލާނާއި ގުޅިގެން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ކައުންސިލަށް އަންގާ އަމުރުކުރާކަމަށެވެ.
ނޮޅިވަރަމުން ގޯތި ދުކޮށްފައިމިވަނީ 8 އަހަރު ފަހުންނެވެ. މި ފަހަރު ގޯތި ލިބުން މީހުންނަށް ޕޮއިންޓުދީ ގުރުއަތުލުން ނިންމާފައިވަނީ މަމަހު 13 ވަނަ ދުވަހުގެ ރެއެވެ.