twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރެސިޕީ: ރިހާކުރު އޯޓް ސޫޕް

ޚަދީޖާ އާދަމް
Oct 31, 2019

ރިހާކުރު އޯޓް ސޫޕް ބޭނުންވާ ތަކެތި:

3 ސަމުސާ އޯޓްސް
1 ސައިސަމުސާ ރިހާކުރު
1 ދަޅު މަސް (ތެޔޮ)
1 ކެރެޓް ކިއުބްކޮށް ކޮށާފަ
1 ފިޔާ ކިއުބްކޮށް ކޮށާފަ
1 ގޮތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)
ހިކަނދިފަތް
1 ޕެކެޓް މަމީ ނޫޑްލްސް ސޫޕް
2 ޖޯޑު ފެން
1 ލުނބޯ

ތައްޔާރު ކުރާނެގޮތް

ފުރަތަމަ ކުޑަތެއްޔެއްގައި ފެން ހޫނުކޮށްލާށެވެ. ހޫނުވުމުން އޭގެ ތެރެއަށް އޯޓްސް އަޅާލުމަށްފަހު ގުޅަ ނުގަންނަ ގޮތަށް އެއްކޮށްލާށެވެ. ބޮކި ޖަހަންފެށުމުން އޭގެ ތެރެއަށް މަސްދަޅު، ފިޔާ، ކެރެޓް ހިކަނދިފަތް އަދި ސޫޕް ޕެކެޓް އަޅާ ކައްކާށެވެ. އޯޓްސް އޮލަވަންދެން ކެއްކުމަށްފަހު ރިހާކުރު، ލިނބޯހުތް ފެލާލުމަށް ފަހު އަޅާށެވެ. ރިހާކުރު އޯޓް ސޫޕް ތައްޔާރުކޮށް ނިމުނީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355