twitterviber whatsapp telegramfacebookyoutube instagram
29th September 2023

މޯލްޑިވިއަނުން ކޮޗިންއަށް ހިލޭ ޓިކެޓު ހޯދުމުގެ ފުރުސަތު

• ހަނިމާދޫ ކޮޗިން ދަތުރުތައް މިއަދު ހަވީރު ފަށާނެ

ޚަދީޖާ އާދަމް
Oct 28, 2019

މޯލްޑިވިއަނުން ހަނިމާދޫން ކޮޗިންގެ ދަތުރުތައް މިއަދު ފެށިގެން ދާއިރު ކޮޗިންނަށް ހިލޭ ޓިކެޓު ހޯދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮޗިންގެ ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ހަވީރު 4 ން 6 ހާއްސަ ހަރަކާތެއް ކުރިއަށް ދާނެ ކަމަށާއި މި ހަރަކާތުގައި ހަނިމާދޫގައި ތިބި ބޭފުޅުންނަށް ބައިވެރިވެވޭނެކަމަށެވެ.

މީގެ އިތުރުން ހަނިމާދޫ ކޮޗިން ދަތުރުތައް ފެށުމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ކަބަޑު ހުޅުވައިގެން ކޮޗިންނަށް" ނަމުގައި މޯލްޑިވިއަނުން ކުރިއަށް ގެންދާ މި ހަރަކާތުގައި 4 ބޭފުޅަކަށް ހިލޭ ޓިކެޓް ލިބިގެންދާނެ އެވެ.

އެގޮތުން މި ހަރަކާތުގައި ހަނިމާދޫ އެއާޕޯޓް ޓަމިނަލް ސަރަހައްދުގައި ބަހައްޓާފައިވާ ކަބަޑުތަކުގެ ތަޅުދަނޑި ހޯދުމަށްފަހު ކަބަޑު ހުޅުވޭ ފަރާތަކަށް އިނާމު ލިބިގެންދާނެކަމަށާއި ކަބަޑުގައި ޓިކެޓްގެ އިތުރުން އިނާމުވެސް ހުންނާނެ ކަމަށް ވަސީމް ވިދާޅުވި އެވެ.

އެ ކަބަޑުތަކުގެ ތަޅުދަނޑިތައް ހުންނާނީ އެއާޕޯޓުގެ ޑިޕާޗާ ކައިރީގައި ފޮރުވާފަ އެވެ.

މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރު ފަށާއިރު، މާލެ އާއި ކޮޗިންއާ ޓިކެޓް ދެކޮޅަށް 150 ޑޮލަރަށެވެ. އަދި ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355