twitterviber whatsapp telegramfacebookyoutube instagram
8th May 2024

ނޮރޯވައިރަސް އިން ތަގައްޔަރުވެފައިވާ ރާސްބެރީ ރާއްޖޭގައި

ނަބީލާ އިސްމާޢީލް
Nov 6, 2019

ތަގައްޔަރުވެފައިވާ ގަނޑުކުރި ރާޒްބެރީގެ ބާވަތެއް ރާއްޖެއަށް އިމްޕޯޓްކޮށްފައި ވާތީ އެތަކެތި ބާޒާރުން ނަގަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެ އޮތޯރިޓީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ބާވަތުގެ ރާޒްބެރީ ޑިސްޓްރިބިއުޓް ވެފައި ވަނީ ރިސޯޓުތަކަށް އެކަނި ކަމަށެވެ.

އެ ރާޒްބެރީތައް ތަގައްޔަރުވެފައި ވަނީ ފަސޭހައިން ފެތުރޭ އަދި ގައިން ގަޔަށް އަރާ ޖަރާސީމެއް ކަމަށްވާ "ނޮރޯވައިރަސް" އިން ކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް އަންގާފައިވާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެމްއެފްޑީއޭ އިން ވަނީ މި ބާވަތުގެ ރާސްބެރީ އެތެރެކުރުމާއި ވިއްކުން ހުއްޓާލަން އަންގައި ކާބޯތަކެތި އެތެރެކުރާ ފަރާތްތަކުން މި ބާވަތުގެ ރާޒްބެރީ އަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނޮރޯވައިރަސް އިން ތަގައްޔަރުވެފައިވާ ކާ އެއްޗެއް ނުވަތަ ދިޔާ އެއްޗެެއް ބޭނުންކުރެވިއްޖެ ނަމަ ބަނޑުގައި ރިއްސައި، ހޮޑުލެވި، ބޭރަށް ހިންގުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށާއި ތަގައްޔަރުވެފައިވާ ކާތަކެތީގެ އިތުރުން މި ޖަރާސީމުގެ ސަބަބުން ބަލިވެފައިވާ މީހުންގެ ގައިން ވެސް ނޮރޯވައިރަސް ފެތުރެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ކާތަކެއްޗާއި އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޮތޯރިޓީ އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355