twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ބައިކް މޯލްޑިވްސްގެ ގޮތްޕެއް ހަދަނީ

އަބްދުލް ވާހިދު ޙަސަން
Nov 8, 2019
1

ކުޅުދުއްފުށީގައި ބައިކް މޯލްޑިވްސްގެ ގޮއްޕެއް ހަދަން ނިންމާ އެކަން މިއަދު އިއުލާންކޮށްފި އެވެ.

ބައިކް މޯލްޑިވްސްގެ ފަރާތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ބައިސްކަލް ބުރު ނިންމާލުމަށްފަހު ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ބައިކް މޯލްޑިވްސްގެ ރައީސް ޒުލޭހާ ހަސަން ވިދާޅުވީ، ކުޅުދުއްފުށީގައި ބައިކް މޯލްޑިވްސްގެ ގޮތްޕެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ބޭފުޅަކަށް ބައިކް މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ކައުންސިލުން މެދުވެރިކޮށް ފޯމު ފުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޒުލޭހާ ވަނީ ބައިސްކަލް ދުއްވުމުން ސިއްހީ ގޮތުން ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވާ ވާހަކަފުޅު ދައްކަވާފަ އެވެ. ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމަށްޓަކާ ހުރިހާ ފަރާތްތަކުންވެސް ގިނަގިނައިން ބައިސްކަލް ހިޔާރުކުރެއްވުމަށް އެދިލެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ވިދާޅުވީ ބައިކް މޯލްޑިވްސްގެ ޓީމް ކުޅުދުއްފުއްޓަށް އައުމުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެސްއެމްޓީ އާއި ޕީޓީއޭގެ ފަރާތުން ކީ ހޫނު މަރުހަބާ ދުވަހަކުވެސް ހަނދާނުނެތޭނެ ކަމަށެވެ. އަދި ކައުންސިލް ދިން އެއްބާރުލުން ފާހަގަކޮށް އެފަރާތްތައްވެސް އަސްމާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ހަރަކާތްތައް ހަތަރު ދުވަހަށް ދެމިގެންދާނެ އެވެ. އެގޮތުން މާދަމާ ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑެއްގެ އިތުރުން ހަވީރު ކުޑަކުދިންނަށް ހާއްސަކޮށްގެން މާދަމާ ހަވީރު ސްޓޭޑިއަމް ކައިރީގައި ބައިސްކަލް ބުރެއް އޮންނާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އަދި ސިއްހީގޮތުން ބައިސްކަލް ދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ކުރިއަށްގެންދާ ޕްރޮގުރާމެއް މިރޭ 8 ޖަހާއިރު ހދ އޭއީސީ ހޯލުގައި ކުރިއަށްދާނެ އެވެ. ބައިކް މޯލްޑިވްސްއިން ބުނީ މިހަރަކާތްތަކުގައި ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ބައިކް މޯލްޑިވްސް އަންނަނީ ތިމާވެއްޓާއި ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގުރާމްތައް ރާވާ ހިންގަމުންނެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބައިސްކަލް ދުއްވުމަށް މީހުން އަހުލުވެރިކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355