twitterviber whatsapp telegramfacebookyoutube instagram
9th June 2026

ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ފެރީއެއްގައި އަލިފާންގެ ހާދިސާއެއް ހިނގައިފި

Nov 11, 2019

ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީގެ ސްޕީޑް ފެރީއެއްގެ ޖަނަރޭޓަރު ރޫމްގައި އަލިފާން ރޯވެއްޖެ އެވެ.

މިއަދު މެންދުރު 13:20 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކު އަނިޔާވެފައެއް ނުވެ އެވެ. މި ހާދިސާގައި ރޯވެފައިވަނީ "އުނިޔަ" ނަމަކަށް ކިޔާ ފެރީއެއްގައި އެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ނޮދަރ އޭރިޔާ، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގައި ފެރީއަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355