twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ގަބުރަސްތާނުގައި މަހާނަ ކޮންނަން އިން ޒުވާނާގެ ބަންދަށް 15 ދުވަސް ޖަހައިފި

އިބްރާހިމް ހަމީދު
Nov 12, 2019

ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނު ކޮންނަށް އިންދަށް ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.

19 އަހަރު ޒުވާނާ ހައްޔަރުކޮށްފައިވަނީ ކުޑަ މިސްކިތުގައި ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިންދަށް މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސި 18:30 ހާއިރު އެވެ.

ކޯޓުން ބުނީ މަހާނަ ކޮނުން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން އެމީހާ ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެމީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ބަންދުގެ މުއްދަތު މަޖިލީހުގައި އޭނާ ބުނެފައިވަނީ ގަބުރުކޮނުނީ އޭނާގެ ކޮއްކޮއެއް މަރުވެފައިވުމުން ގަބުރުތައް ކޮނުމުން ކޮއްކޮގެ ގަބުރާއި ދިމާވާވެދާނެކަމަށް ގަބޫލުކުރެވުމުންކަމަށެވެ.

މަހާނަ ކޮނަމުން ދިޔަ ވަރަކަށް ގޮތް ނޭނގޭ މީހަކު ހުރެ އޭނާއަށް ހިތްވަރު ލައިދެމުންދިޔަ ކަމަށާ އެގޮތުން ހުއްޓާނުލައި މަހާނަ ކޮންނަމުން ދިޔުމަށް އެ މީހަކު ބުނަމުން ދިޔަ ކަމަށް އެ މަޖިލީހުގައި އޭނާ ބުނިކަމަށް ކޯޓުން މައުލޫމާތުދެ އެވެ.

އަދި މަހާނަ ކޮންނަމުން ދިޔަ ވަގުތު އޭނާގެ ފައިން ވިދުވަރެއް އަރަމުން ދިޔަކަމަށާ ގަބުރަސްތާނަށް ގަބުރު ކޮނުމަށް ވަނީ ވެސް ބިރުން ހުރެކަމަށް އޭނާވަނީ ބަންދުގެ މަޖިލީހުގައި ބުނެފަ އެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް އޭނާ ގެންދިޔައިރުވެސް އޭނާ ހުރީ މަސްތުވުމަށް ބޭނުންކުރި އެއްޗެއްގެ އަސަރު މުޅިން ނުފިލާ ހާލަތެއްގައިކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރިވެސް މަސްތުވެފައިވާ އިންކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މަހާނަ ކޮންނަން އިންދަ އެވެ. އެހެންވެ މާ ބޮޑަށް ކޮނެވޭވަރެއް ނުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355