twitterviber whatsapp telegramfacebookyoutube instagram
18th September 2025

ބީއެމްއެލްއިން މާލޭގައި ބިޒްނަސް ސެންޓަރެއް ގާއިމްކޮށްފި

ޚަދީޖާ އާދަމް
Nov 13, 2019

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގައި ގާއިމް ކުރި މިބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޮޕްމަންޓް ފައްޔާޒު އިސްމާއިލް އެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ. ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ.

މިގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރު ތެރޭގައި އައްޑޫ ސިޓީ ގައި ބިޒްނަސް ސެންޓަރެއް ވަނީ ހުޅުވާފައެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ހުޅުވިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355