twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުށީގައި ސިންތަޓިކް ޓްރެކެއް ގާއިމުކުރެވިގެންދާނެ: މަހުލޫފް

އަބްދުލް ވާހިދު ޙަސަން
Nov 17, 2019
3

ކުޅުދުއްފުށީގައި ސިންތަޓިކް ޓްރެކެއް ގާއިމުކުރެވިގެންދާނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. ގައުމީ ފެންވަރުގެ ގިނަ އެތުލީޓުންތަކެއް އުފައްދާފައިވާ ކުޅުދުއްފުށީގައި ސިންތަޓިކް ޓްރެކެއް އެޅިގެން ދިޔުމަކީ އެތުލީޓުންގެ ވަރަށް ބޮޑު އެދުމެކެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ފުރަތަމަ މަހުލޫފް ކުޅުދުއްފުއްޓަށް ވަޑައިގަތް ރޭ ކައުންސިލާ ބައްދަކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސިންތަޓިކް ޓްރެކެއް ކުޅުދުއްފުއްޓަށްވެސް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޓްރެކް ފުރަތަމަ ގާއިމުކުރާނީ ސ. ހިތަދޫގައި ކަމަށާ، ހިތަދޫ ނިންމާފައި ދެން ޓްރެކްގެ މަސައްކަތް ފަށާނީ ކުޅުދުއްފުށީގައި ކަމަށެވެ. މީގެ އިތުރުން އެތުލީޓުން އުފެދިފައިވާ އެހެން ރަށްރަށުގައި ސިންތަޓިކް ޓްރެކް ގާއިމްކުރެވިގެންދާނެކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މިސަރަހައްދަށް ބަލާއިރު އެންމެ މުހިންމު އެއް ސެންޓަރަކަށް ވެގެންދާނީ ކުޅުދުއްފުށީ ކަމަށާ ކުޅިވަރުގެ ގިނަ ކަންތައްތަކެއް މިރަށުގައި ގާއިމުވެގެންދާނެ ކަމަށެވެ. އަދި މަސައްކަތްކަށް ވަރަށް ބޮޑު ސަމާލުކަމެއްދީގެން ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުށީގައި ގާއިމުކުރާ ކުޅިވަރުގެ ވަސީލަތްތަކަކީ ހަމައެކަނި ކުޅުދުއްފުއްޓަށް ހާއްސަކޮށްގެން ގާއިމުކުރާ ކަންތައްތަކެއް ނޫން ކަމަށާ އެއީ މިސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

ސިންތަޓިކް ޓްރެކެއް އެޅިގެން ދިޔުމަކީ ކުޅުދުއްފުށީގައި އުޅޭ އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެތުލީޓުންނާއި ކޯޗުން ދެކެ އެވެ. މިހާރުވެސް ގައުމީ ފެންވަރުގައި އެންމެ ގިނަ އެތުލީޓުން އުފައްދާފައިވާ އެއްރަށަކީ ކުޅުދުއްފުއްޓެވެ. މިހާރުގެ ޒުވާން ދުވުންތެރިން އަންނަނީ އުފެދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355