twitterviber whatsapp telegramfacebookyoutube instagram
18th October 2025

ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހްކޮށްފި

Nov 18, 2019

ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވީ، ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހްކުރުމާއި ޤައުމީ މާމަ، ކާފަ ދުވަސް އިއުލާންކުރުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގަ އެވެ.

ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފިޒުކުރުމަށްޓަކައި އެކުލަވާލެވުނު އެކްޝަން ޕްލޭނެކެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން އިންތިޒާމުކޮށްގެން ބޭއްވި މި ޖަލްސާގައި އެވުޒާރާއިން ވަނީ ޤައުމީ މާމަ، ކާފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސްކަމުގައި އިއުލާނުކުރައްވައި އަންނަ އަހަރުން ފެށިގެން އެދުވަސް ފާހަގަކުރަމުން ގެންދަވާނެކަން އިއުލާނު ކުރައްވާފަ އެވެ.

ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެ މީހުންގެ އަގު ވަޒަންކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355