twitterviber whatsapp telegramfacebookyoutube instagram
1st May 2026

ބީޗު ފެސްޓިވަލުގައި ޗެމްޕިއަންކަން ހޯދި "ގޮއްޔެ" އަދި ކޭއެސްޔޫއަށް ލިބުނު ފައިސާ ހަސީނައަށް

Nov 18, 2019

ބާދުޝާހް، ބީޗު ސްފޯޓްސް ފެސްޓިވަލްގެ ސީނިއަރ ނެޓްބޯޅައިންނާއި ހޭންޑް ބޯޅަ ޗެމްޕިއަންކަން ހޯދި "ގޮއްޔެ" ޓީމަށް ލިބުނު ފައިސާގެ އިނާމު ކެންސަރަށް ފަރުވާ ހޯދަމުންގެންދާ، ކުޅުދުއްފުށީ/ޝޭޑީކޯނަރު، ހަސީނާ ހަސަނަށް ހަދިޔާކުރަން ނިންމައިފި އެވެ.

ނެޓްބޯޅަ އަދި ހޭންޑް ބޯޅައިގެ ސީނިއަރ ބައިން ޗެމްޕިއަންކަން ހޯދި "ގޮއްޔެ" އަށް ފައިސާގެ ގޮތުގައި ދިހަހާސް ރުފިޔާ ލިބިފައިވެ އެވެ. އެ ފައިސާގެ އިނާމު އެއްކޮށް ހަސީނައަށް ހަދިޔާކުރަން ނިންމާފައިވާކަމަށް އެ ޓީމުން މައުލޫމާތުދެ އެވެ.

ގޮއްޔެ ޓީމުގެ ފައިސާގެ އިނާމު ހަދިޔާކުރަން ނިންމިއިރު ބީޗް ފެސްޓިވަލުގެ ވޮލީބޯޅަ މުބާރާތުން ޗެމްޕިއަންކަން ހޯދި "ކުޅުދުއްފުށީ ސްޕޯޓްސް އަޕްޑޭޓްސް"ގެ ޓީމަށް ލިބުނު 5000ރ ގެ ފައިސާގެ އިނާމުވެސް ވަނީ ހަސީނައަށް ހަދިޔާކުރަން ނިންމާފަ އެވެ. އެކަން އެފަރާތުންވެސް ހާމަކޮށްފަ އެވެ.

ލެއަށް ޖެހޭ ކެންސަރުގެ ބާވަތެއްކަމަށްވާ "އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ" ގެ ވޭން ތަހައްމަލުކުރަމުންދާ ހަސީނާ ފަރުވާ ހޯދަމުންދަނީ އިންޑިޔާގައި އެވެ. ހަސީނާއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދާދިފަހުން ހދ ނެއްލައިދޫގެ ކަނބަލުންތަކެއް އިސްނަގައިގެން ވަނީ ފަންޑްރައިޒް ހަރަކާތެއްވެސް ކުރިއަށްގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355