twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ޤިރާޔަތު ސެޓްފިކެޓް ލެވެލްގެ 4 ކޯހެއް ފަށަނީ

ޚަދީޖާ އާދަމް
Nov 20, 2019

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އަންނަ އަހަރު ޖެނުއަރީގައި ކުޅުދުއްފުށީގައި ޤިރާޔަތު ސެޓްފިކެޓް 4 ކޯހެއް ނިންމާ ކޯހައް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން ފެށުމަށްހަމަޖެހިފައިވަނީ ޤިރާޔަތު ސެޓްފިކެޓް 1، 2، 3 އަދި 4 ގެ ކޯހެވެ. ކޮންމެ ކޯހަކަށްވެސް 20 ޖާގަ ހުޅުވާލާފައިވާއިރު މިއަދުން ފެށިގެން އަންނަ އަހަރު ޖެނުއަރީ 1 ފޯމް ދޫކުރުމާއި ބަލައިގަތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 14:00 އަށް ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ.

ޤިރާޔަތު ސެޓްފިކެޓް 1 ގެ ކޯހުގައި ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާފައިވުން ނުވަތަ އުމުރުން 16 އަހަރު ފުރިފައު ވުމާއިއެކު މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މިކޯހުގެ މުއްދަތަކީ 2 މަސް ދުވަހެެވެ.

ޤިރާޔަތު ސެޓްފިކެޓް 2 ގެ ކޯހުގައި ބައިވެރި ވެވޭނީ ޤިރާޔަތު ސެޓްފިކެޓް 1 ކޯސް ނިންމާފައި ވުމާއި މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މިކޯހުގެ މުއްދަތަކީ 4 މަސް ދުވަހެެވެ. ޤިރާޔަތު ސެޓްފިކެޓް 3 ގެ ކޯހުގައި ބައިވެރި ވެވޭނީ ޤިރާޔަތު ސެޓްފިކެޓް 2 ކޯސް ނިންމާފައި ވުމާއި މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މި ކޯހުގެ މުއްދަތަކީ 8 މަސް ދުވަހެވެ.

އަދި ޤިރާޔަތު ސެޓްފިކެޓް 4 ގެ ކޯހުގައި ބައިވެރި ވެވޭނީ ޤިރާޔަތު ސެޓްފިކެޓް 3 ކޯސް ނިންމާފައި ވުމާއި މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މިކޯހުގެ މުއްދަތަކީ 12 މަސް ދުވަހެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355