twitterviber whatsapp telegramfacebookyoutube instagram
21st February 2026

ކައުންސިލްތަކުގެ ބަޖެޓް ފާސްކުރަން އެއްމަސް ދެނީ

Nov 21, 2019

އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ ބަޖެޓް ޕްލޭން ފިނޭންސް މިނިސްޓްރީއަށް ހިއްސާކުރަންޖެހޭ ގޮތަށް ފާސްކޮށްފި އެވެ.

މަސް ދުވަސްތެރޭ ކައުންސިލްތަކުގެ ބަޖެޓު ޕްލޭން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް ބަޖެޓާ ގުޅޭ ހާއްސަ ރެކޮމެންޑޭޝަނެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފައިވާއިރު މި ރެކޮމެންޑޭޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.

ތިން ކަމެއް ފާހަގަކޮށް ރެކޮމެންޑޭޝަން ހުށައަޅާފައިވާއިރު ފުރަތަމަ ކަމެއްގޮތުގައި ކައުންސިލުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އާމްދަނީ ބޭނުންކުރުމާއި ގުޅޭ އުސޫލެއް އެކުލަވާލުން ހިމެނެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކައުންސިލްތަކަށް ލިބޭ އާމްދަނީ ހަރަދުކުރާ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެކަން ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި މިކަންކަން ބަޖެޓު ފާސްކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކުރަންޖެހޭނެ ކަމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ލޯކަލް ކައުންސިލްތަކަށް ލިބޭ ޖުމްލަ އާމްދަނީ ބޭނުންކުރާނެ ގޮތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ތައްޔާރު ކުރުމަށްފަހު ކައުންސިލްތަކުން ކުރާ ހޭދަތައް ފިނޭންސް މިނިސްޓްރީން މޮނީޓާކުރަން ޖެހޭނެ ކަމަށް ކޮމިޓީގެ ރެކޮމަންޑޭޝަނުގައި ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355