twitterviber whatsapp telegramfacebookyoutube instagram
20th January 2020

އަންނަ މަހު މާފަރު އެއާޕޯޓް ހުޅުވާ އިންޓަނޭޝަނަލް ދަތުރުތައް ފަށަނީ

Nov 25, 2019

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އަންނަ މަހު އެކެއްގައި ހުޅުވައި އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން އިންޓަނޭޝަނަލް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތަކެވެ. މި އެއާޕޯޓް މެނޭޖުކޮށް ބަލަހައްޓާނީ ވެސް މޯލްޑިވިއަނުން ނެވެ.

މި އެއާޕޯޓު ހުޅުވާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. މި އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހު އެވެ.

މާފަރު އެއާޕޯޓް ހަދާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ. މިއީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.

މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. މާފަރުގައި އެއާޕޯޓް އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއަކާއެކުގަ އެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އެއާޕޯޓުގައި ވަނީ އަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355