twitterviber whatsapp telegramfacebookyoutube instagram
19th December 2025

ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބީއެމްއެލްއިން ބައިވެރިވެއްޖެ

ޚަދީޖާ އާދަމް
Nov 28, 2019

މިނިސްޓްރީ އޮފްހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގައި ބީއެމްއެލްއިން  ބައިވެރިވެއްޖެ

މަތީ ތައުލީމާއި ޓްރެއިނިންގ ގެ ފުރުސަތު ފޯރުކޮށްދުނުމަށްމިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގެ ބޭންކް އޮފް މޯލްޑިވްސްއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިރަސްމިއްޔާތުގައި އެ ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދިމެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެވެ.

 ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެމުއައްޒަފުނަށް މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަފުރުސަތު ތަކެއް ހުޅުވިގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ  އެކި ކޮލްޖްތަކާއި ޔުނިވަރސިޓީތަކާއެކުބަދަހިކުރެވިފައިވާ ގުޅުންތަކުގެ ތެރެއިން އުނގެނުމުގެ ހަރުދަނާ މާހައުލެއްއުފެއްދުމަށާއި ސްޓާފުންނަށް އިތުރު ފުރުސަތުތައް ހޯދަދިނުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރެވެމުންކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެއިތުރުން ދިވެހިންނަށް އެންމެ ގިނައިންވަޒީފާދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.  

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355