twitterviber whatsapp telegramfacebookyoutube instagram
9th December 2019

ޔާމީން މިނިވަންކުރަން ގޮވާލައި މަޖިލިހުގައި އިހުތިޖާޖް ކުރަނީ

Dec 2, 2019

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ. ރިޔާސަތުގެ ކުރިމަތީ ތިއްބަވައިގެން ގޮވާލަމުން ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރު ހިއްޕަވައިގެން އެބޭފުޅުން އަޑުގަދަކުރައްވާތީ، މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނީ ހެޑްސެޓް އަޅުއްވައިގެން އެވެ.

ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި ދުވަހު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައި ވަނީ، އެމަނިކުފާނު މިނިވަން ކުރަން ދެން މަޖިލީހުގައި އިހުތިޖާޖު ކުރާނެ ކަމަށެވެ.

މަޖިލިހުގައި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުން ރައްދު ވެސް ދެއްވި އެވެ. އެކަމަކު، މަޖިލިހުގެ ރައީސް އެދިވަޑައިގެންނެވީ އިހުތިޖާޖް ކުރައްވާ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވާހަކަ ނުދައްކަވާ ތިއްބެވުމަށެވެ.

މަޖިލީހުގައި އިދިކޮޅު މެންބަރުން ތަޅުމުގައި އިހުތިޖާޖު ކުރައްވާއިރު، ކޮންމެ ރެއަކުވެސް އިދިކޮޅު ސަޕޯޓަރުން ގެންދަނީ މާލޭގެ މަގުތަކުގައި ވެސް މުޒާހަރާ ކުރަމުން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355