twitterviber whatsapp telegramfacebookyoutube instagram
20th October 2026

ފަސް އަހަރު ނިމޭއިރު މުޅިން އަލަށް 6 އެއާޕޯޓެއް ތަރައްގީކުރެވޭނެ: އަސްލަމް

Dec 2, 2019
2

މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އިތުރު 6 އެއާޕޯޓެއް ތަރައްގީކުރެވިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާފާރު އެއާޕޯޓަށް ދަތުރުތައް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގެ މިހާރު ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އިތުރު އެއާޕޯޓުތައް ބޭނުންވާކަމަށް ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ފުރައިގެން ކަނޑު ދަތުރުކޮށްފައި ދާދިޔުން 20 މިނެޓަށް ވުރެ އިތުރު ނުކުރުން. އަޅުގަނޑުމެން މި މަސައްކަތްކުރަމުންދަނީ ރާއްޖޭގައި އިތުރު އެއާޕޯޓްތައް އެޅުމަށް." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު 6 އެއާޕޯޓް އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިތުރަށް އެއާޕޯޓްތައް އަޅަން ބޭނުންވާ ސަރަހައްދުތައް މިހާރު ފާހަގަކޮށް ނިމިފައި ކަމަށެވެ. އެކަމަކު އެއީ ކޮން ސަރަހައްދުތަކެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މިދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތަށް މި ސަރުކާރުން ވެސް ވަނީ ތާއިދުކޮށް ކުރިއަށް ގެންދާނެކަން ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293