twitterviber whatsapp telegramfacebookyoutube instagram
8th November 2026

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވުމަށް ހުޅުވާލައިފި

Dec 8, 2019

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބިބް ބުކް ކުރުމަށް ހުޅުވާލައިފި އެވެ. މިއަހަރުވެސް ދުވުން އޮންނަނީ ޑިސެމްބަރުމަހު 26 ދުވަހު ހަވީރު އެވެ.

މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

މިދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިބް ބުކް ކުރުމަށް އެސްއެމްއެސް ކުރަން ޖެހެނީ UNITY RUN (name) (national ID#) (bib#) to 9906726 އަށެވެ.

ރެޑްކްރެސެންޓް ހދ ގޮފިން ބުނީ މި ވަގުތު ހަމަ އެކަނި ކުރިއަށްދަނީ ބިބް ބުކް ކުރުން ކަމަށާއި، ބިބް ވިއްކަން ފަށާފައި އެސްއެމްއެސް ކޮށްފައިވާ ފަރާތްކަށް ގުޅާނެކަމަށެވެ.

މިދިޔަ އަހަރު ވެސް ވަނީ ރެޑްކްރެސެންޓް ހދ ގޮފިން ކުޅުދުއްފުށީގައި ޔުނިޓީ ރަން ބާއްވާފަ އެވެ. މިއީ މި މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293