twitterviber whatsapp telegramfacebookyoutube instagram
7th April 2020

ޒިގްޒެގް ދަނޑުގައި ސަބް ބޭސް އެޅުމުގެ މަސައްކަތް ފަށައިފި

Dec 8, 2019
1

ކުޅުދުއްފުށީ، ޒިގްޒެގް ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ޓާފް އަޅައިގެން ތަރައްގީކުރާ މި ދަނޑުގެ އަމަލީ މަސައްކަތް ފެށިތާ ހަފްތާއެއް ވެދާނެ އެވެ.

އާރްކޭއެލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 1.344 މިލިއަން ރުފިޔާއަށެވެ. ޓާފް އެޅުމުގެ ކުރިން ކުރަން ޖެހޭ ސަބް ބޭސް އެޅުމުގެ މި މަސައްކަތް 30 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް މިދިޔަ ސަރުކާރުން ވަނީ އެ ދަނޑުގެ އަޑީގައި ޕްލާސްޓިކް ޓޭންކްތަކެއްވެސް ވަޅުލާފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދަނޑު ތަރައްގީކުރަނީ އެ އެއްޗެއްސަށް ގެއްލުންނުވާނެ ގޮތަށެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ އިތުރު 3 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް ވަނީ ހަވާލުކޮށްފަ އެވެ. އަދި ބައެއް ރަށްތަކުގައި ވަނީ އެމަސައްކަތް މިހާރު ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355