twitterviber whatsapp telegramfacebookyoutube instagram
11th November 2026

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Dec 21, 2019
1

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލުމަށްފަހު އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިއީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން މިވަގުތަށް ބޭނުންވާ ބައިތަށް ހިމަނައިގެން އެކުލަވާލާފައިވާ ފުރަތަމަ ދެލިކޮޕީތަކެވެ. އަދި ކުރިއަށް އޮތްތާނުގައި ގާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ގަވާއިދުތައް އެކުލަވާލުމަށްފަހު އެ ގަވާއިދުތައްވެސް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ދެ ގަވާއިދަށް ހިޔާލުހުށަހަޅަން ބޭނުންވާ ފަރާތްތަކުން މީރާގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް މީރާއަށް ހުށަހެޅުމަށް މީރާއިން އެދެއެވެ. އަދި ހިޔާލުހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެންބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދުގެ ދެލިކޮޕީ މީރާއިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293