twitterviber whatsapp telegramfacebookyoutube instagram
14th April 2026

ކޮންސިއުލޭޓްގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނެއް ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Dec 23, 2019

ބޭރު ގައުމުތަކުގައި ރާއްޖޭން ގާއިމްކޮށްފައިވާ ކޮންސިއުލޭޓެއްގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން މި މަގާމަށް އައްޔަން ކުރި އަންހެން ފުރަތަމަ ވެރިޔަކީ އާމިނަތު އަބްދުﷲ ދީދީ އެވެ. އޭނާއަށް ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލްގެ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އެވެ.

އާމިނަތު އަބްދުﷲ ދީދީ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ ހާރިޖީ ދާއިރާގައި 17 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިރު ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި އެހެން ބައެއް މަގާމުތައް ފުރުއްވާފައިވެ އެވެ.

އޭނާ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޫރުގެ ޔުނިވަރސިޓީއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ބޭރު ގައުމެއްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ގާއިމް ކުރި ކޮންސިއުލޭޓް ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރި އިރު ބޭރުގައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން އަށް މިޝަނެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355