twitterviber whatsapp telegramfacebookyoutube instagram
24th October 2026

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Dec 31, 2019

އަންނަ ކައުންސިލް އިންތިހަބްގައި އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަަރާތްތަކަށް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކެންޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ގައި އިއުލާން ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި މިއިންތިހާބުގެ ފައިނަލް ވޯޓާސްލިސްޓް އާންމުކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެމް.ޑީ.ޕީން ބުނެފައިވަނީ އިންތިހާބުކުރަން ޖެހޭ އަދަދަށް ވުރެ ގިނައިން އެއް މަގާމަކަށް މެމްބަރުން ކުރިމަތިލުމަށް އެދޭނަމަ ޕާޓީގެ ޓިކެޓް ދޭނެ ބަޔަކު ކަނޑައަޅާނީ އެ ޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ.

ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެވޭނީ އަދި ވޯޓު ދެވޭނީ މި އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފައެވެ. އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހުރިހާ ގޮނޑިއަކަަށް ކުރިމަތިލުމަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293