twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ކުޅުދުއްފުށި ސިޓީ ވެގެންދާނީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަށް: ފޮރިން މިނިސްޓަރު

Jan 1, 2020
4

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށި ސިޓީ ވެގެންދާނީ އުތުރުގެ ވިޔަފާރީގެ މައިމަރުކަޒަށް ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި މިއަދުން ފެށިގެން ސިޓީއަކަށް ބަދަލުވުމާއެކު މިރަށުގެ ރައްޔިތުންނަށް މަރުހަބާ ފޮނުއްވާ ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ، ސިޓީއެއްގެ ދަރަޖާގައި ރައީސް ސޯލިހްގެ ސަރުކާރުގައި އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަށް ކުޅުދުއްފުށި ވެގެންދާނެ ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި މިސަރުކާރުން ދާނީ ހިންގަމުންކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލެއް އިންތިހާބު ކުރާނެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާއިރު އެއީ މޭޔަރާއެކު ހަ ކައުންސިލަރުންނެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355