twitterviber whatsapp telegramfacebookyoutube instagram
2nd July 2025

މުވައްޒަފަކަށް ހަމަލާދިން މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް ހޮނޑާފުއްޓަށް

Jan 1, 2020
2

ހދ. ހޮނޑާފުށި ރިސޯޓްގައި ދިވެހި މުވައްޒަފަކަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގްކުރަން ފަށައިފި އެވެ. ރޭ ފަތިހު ހިނގި ކަމަށް ބުނާ މި ހާދިސާގައި ދިވެހި މުވައްޒަފަށް ހަމަލީ މާރާމާރީ ހިންގީ އިންޑިޔާ މުވައްޒަފެކެވެ.

ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔާތްކުރަން އަޑުއުފުލާ "ރިސޯޓް ބޯއީސް" އިން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެ ރިސޯޓްގެ ޕަރޗޭސިންގް މެނޭޖަރުގެ މަގާމުގައި ހުރި ސަޖަން ސިންގ ކޮޅުފައިން ޖަހާ ހަމަލާދީފައިވަނީ ރިސެޕްޝަންގައި ބަގީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ، ހދ މާވައިދޫ / ފުސްވިލާގެ، މުހައްމަދު ޝަފީޤަށް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހޮނޑާފުށީގައި ރޭގައި މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައެއް މިއަދު 15:00 ގައި ހުށަހެޅިފައިވާ ކަމަށާ، މި މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލަ ތަހްގީގަށް މިއަދު ވަނީ ފުލުހުންގެ ޓީމެއް ހޮނޑާފުއްޓަށް ގޮސްފަ އެވެ.

ހޮނޑާފުށީގައި ދިވެހި މުވައްޒަފަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު އެ ރިސޯޓްގައި މަސައްކަތްކުރި މުވައްޒަފަކު ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދިން މައްސަލައެއް ހާމަކުރިކަމަށް ބުނެ ވަނީ ވަޒީފާއިންވެސް ވަކިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355