twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިނިމަމް ވޭޖް ރިޕޯޓްގެ މަޝްވަރާ އަންނަ ހަފްތާ ފަށަނީ

Jan 7, 2020
2

ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓުގެ މަޝްވަރާއަށް އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ ހުށައަޅުއްވާނެ ކަމަށެވެ.

ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އަރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭ ކޮމިޓީ "ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް' ރައީސް ސޯލިޙު އެކުލަވާލެއްވީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355