twitterviber whatsapp telegramfacebookyoutube instagram
14th May 2024

ކުޅުދުއްފުށި ސިޓީގެ ހައްގުތައް ހޯދުމަށްޓަކާ ސަރުކާރަށް އަޑުއިއްވާނެ އިދިކޮޅު މަންދޫބުން ތިބެންޖެހޭ: ޝިޔާމް

އިބްރާހިމް ހަމީދު
Jan 11, 2020
3

ކުޅުދުއްފުށީ ސިޓީގެ ހައްގުތައް ހޯދުމަށްޓަކައި ސަރުކާރަށް އަޑުއިއްވާނެ އިދިކޮޅު މަންދޫބުން ސިޓީކައުންސިލްގައި ތިބެންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބްރައީސް އަދި ނައިފަރުދާއީރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމަށް ރޭ ހދ އޭއީސީގައި ބޭއްވި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުންނެވެ.

"މިކަހަލަ ރަށަކަށް ވަކިން ހާއްސަކޮށް ސިޓީއެއްގެ ދަރަޖަ ލިބި ސިޓީއެއްގެ އެއްވެސް ވަސީލަތެއް ނެތް ސިޓީއެއް. މިސިޓީގެ ހައްގުތައް ހޯދުމަށް ޓަކައި ސަރުކާރަށް އަޑު އިއްވާނެ މަންދޫބުންތަކެއް ތިބެންޖެހޭނެ."ޝިޔާމް ވިދާޅުވި އެވެ.

"މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ކޯލިޝަނުން ކެންޑިޑޭޓުން މިނެރޭނީ ޕީޕީއެމް އެކަނިކަމަށާއި ދިވެހިރާއްޖޭގެ ހުރިހާ ދާއިރާތަކަށް ހުރިހާ ރަށްތަކަށާއި ސިޓީތަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކެންޑިޑޭޓުން ނެރޭނަން." ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއީ އެހާ ފަސޭހަ ވަގުތެއް ނޫން ޕާޓިއަށް ބަލާއިރުގައި ކޮންމެ އިންތިހާބަކާއި ގުޅުވައިގެން ޕާޓިގެ ލީޑަރު އެހުންނަވަނީ ޖަލުގައި އެގިވަޑައިގަންނަވާނެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ރައީސް ޔާމީން ހުންނެވީ ޖަލުގައި ނާއިންސާފުން ނުހައްގުން ލީޑަރާ ދޭތެރޭ ދައުވާކޮށް ހުކުމް ކޮށްފައިވާތީ، އަބަދުވެސް ދައުލަތުގެ ޕްރޮސިކިއުޓާރ ޖެނެރަލަށް މިގޮވާލަނީ ދައުވާ ރިވިއުކޮށްދޭން." ޝިޔާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކަންތައްތައް މިހާރު ހުރިގޮތުން ހުރިހާ ދިމާލަކަށް ގޮންޖެހުންތައް އެބަހުރިކަމަށާއި ދީނަށާއި ގައުމިއްޔަތަށް ގޮންޖެހުން އެބަހުރި އަދި އިގްތިސާދަށް ވަރަށް ބޮޑަށް ގޮންޖެހުން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރެއިންލާފައި ފުދުންތެރި އިގްތިސާދަކަށްވުމަށް ހުރި އުދަނގޫތަކާއެކީގައި އިގްތިސޯދު ރަގަޅުކުރަންނޭނގޭ ނޭގުމާއީ އެކީ އިޖްތިމާއި ބޮޑެތި މައްސަލަތައް އުފެދި ގައުމު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓޭތަން މިއަދު ފެންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިސަރުކާރު ޖަވާބު ދާރީ ކުރުވަންޖެހޭ ވަރަށް ބޮޑަށް އިންތިހާއަށް ވަކިން ހާއްސަކޮށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ސްޕަރމެޖޯރިޓީގައި މިސަރުކާރު މިއަދު އޮވެ ރައްޔިތުންނަށް ކުރަންޖެހޭ ހިދުމަތްތައް ކުރުމަށް ވަރަށްބޮޑަށް ފަހަތުފަޔަށް ބުރަވެ ފަހަތަށްޖެހެމުންދާތަން." ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން އަހްމަދު ޝިޔާމް ވިދާޅުވީ މިސަރުކާރަށް އަޑުއިއްވާނެ ބަޔަކު ހާއްސަކޮށް ކުޅުދުއްފުށީ ސިޓީގައި އެބަތިބެންޖެހޭ ކަމަށާއި މިސަރުކާރަކީ ވަރަށް ނާގާބިލް ސަރުކާރެއް ކަމަށެވެ. އަދި ޑެލިވަރީ ވަރަށް ދަށް ސަރުކާރެއް ކަމަށާއި މިސަރުކާރުގެ ޑެލިވަރީ ރަނގަޅު ކުރެވެނީ ސަރުކާރަށް އަޑު އިއްވައިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ގައުމުގެ އިގްތިސާދު މިދަނީ ދަށަށް ކަމަށާއި ވޯލްޑް ބޭންކުންވެސް އެކަން ފާހަގަކޮށް ރިޕޯޓްގައި ހިމަނާފައިވާ ކަމަށެވެ.

"ވޯލްޑް ބޭންކު ރިޕޯޓްގައިވެސް މިއަހަރުވެސް ދިވެހިރާއްޖޭގެ އިގްތިސާދު ދަށަށް ދާނެ ވާހަކަ މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއްކަމެއް. ގުލޯބަލީ މިއަންނަ ކަންތައްތަކަށް ވެސް އެއްވެސް ވަރަކަށް ކޯސިސްވާތަނެއް އެއްވެސް ވަރަކަށް ނުފެނޭ . ގައުމެއްގެ ސަރުކާރަކުން ނަގަންޖެހޭ ޒިންމާއެއް ނަގާތަނެއް މިސަރުކާރުން ނުފެނޭ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކުޅުދުއްފުއްޓަކީ އަބަދުވެސް ޕީޕީއެމްއިން ވަރަށް އިސްކަމެއްދޭ ރަށެއް ކަމަށާއި މާތް ﷲ ގެ އިރާދަފުޅާއިއެކު ގޮންޖެހުންތަކާއި ކުރިމަތިލައިގެން ވިޔަސް އަޅުގަނޑުމެން ސަލާމަތުން ތިބެގެން މިފަހަރުގެ އިންތިހާބުން ބޮޑު މެޖޯރިޓީއެއް ދައްކާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355