twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އޭއީސީގައި ގުރޭޑް 9 އަކަށް ކިޔަވައިދޭން ފަށައިފި

ނަބީލާ އިސްމާޢީލް
Jan 12, 2020

ދިރާސީ އާ އަހަރު މިއަދު ފެށިގެންދިޔައިރު ކުޅުދުއްފުށީގެ 3 ސްކޫލުގެ ކިޔެވުންވެސް ފެށިގެން މިދިޔައީ ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ.

އެގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގައި މި އަހަރު އަލަށް ގުރޭޑް 9 އުފައްދާ، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 9 އަކާ ހަމައަށް ކިޔަވާދޭން މި ވަނީ ފަށާފަ އެވެ. އަދި މިސްކޫލުގައި ސަންޝައިން (ސެން) ކުދިންނަށްވެސް އަންނަނީ ކިޔަވާދެމުންނެވެ. މިއަދުގެ ޝެޝަންތައް ފެށިގެންދިޔައީ ހުރިހާ ދަރިވަރުންނާ ޓީޗަރުން އެކުގައި ބޭއްވުނު އެސެމްބުލީއަކުން ނެވެ.

މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާ ދަރިވަރުންނަށް ދުވަހާ ގުޅޭ ނަސޭހަތް ދެއްވީ ސްކޫލްގެ ޕްރިންސިޕަލް ޝަހީދާ އަލީ އެވެ. ޕްރިންސިޕަލް ވިދާޅުވީ ދަށް ގުރޭޑްތަކުގެ ކުދިންނަށް ވުރެ ބޮޑަށް މަތީ ގުރޭޑްތަކުގެ ދަރިވަރުން ތައުލީމަށް އިސްކަންދީގެން ކުރިއަށްގެންދިޔުމަށެވެ. އަދި ގުރޭޑް 7 ފެށިގެން މަތީގެ ދަރިވަރުންނަށް ޓެސްޓް ދޭއިރު އެކުދިންގެ އަމާޒަކަށްވާ ވާންވާނީ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.

ކޮންމެ ދަރިވަރަކީވެސް ގަދައަޅާ މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ހޯދޭނެ ކުއްޖެކަން ފާހަގަކުރައްވައި ޕްރިންސިޕަލް ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެ ހިތްވަރުދެއްވާފަ އެވެ.

ޖުމްލަ 876 ދަރިވަރުންނާއެކު މި އަހަރު ކިޔެވުން ފެށިގެން ދިޔަ އިރު މި ސްކޫލަށް އަލަށް 13 ޓީޗަރުންނާއި 130 ދަރިވަރުން ވަނީ ގުޅިފައެވެ. އަލަށްގުޅުނު ޓީޗަރުންނާ އެކު 90 ޓީޗަރުން މި ސްކޫލުގައި ކިޔަވާދެއްވާނެ އެވެ.

ސްކޫލުން ކޭއޯއަށް މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ ކިޔެވުން ފެށިގެން މިދިޔައީ ހުރިހާ ޓީޗަރުން ހަމަވެގެން ކަމުގައެވެ. އަދި ގުރޭޑް 6 ފެށިގެން މަތީ ގުރޭޑްތަކުގައި ޖާގަ އެބައޮތް ކަމަށާއި ބެލެނިވެރިން ބޭނުންވެއްޖެ ނަމަ ސްކޫލާއި ގުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355