twitterviber whatsapp telegramfacebookyoutube instagram
23rd May 2026

އެމްޑީޕީ ތިލަދުންމަތީގެ ދަތުރުގެ ފުރަތަމަ މަންޒިލަކަށް އިހަވަންދޫ

ނަބީލާ އިސްމާޢީލް
Jan 13, 2020
1

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތިލަދުންމަޗަށް ކުރާ ދަތުރު ކުޅުދުއްފުށީ ސީކުއިން ބޯޓުގައި އެ ޕާޓީން ފަށައިފި އެވެ.

އެގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރޝީޕް އަދި ޕާޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ކުރާ މިދަތުރުގެ ފުރަތަމަ މަންޒިލު ކަމަށްވާ އިހަވަންދޫއަށް ގޮސްފައި މިވަނީ މިއަަދު ހެނދުނު 7:30 ގައެވެ.

އިހަވަންދުއަށް އެމްޑީޕީގެ ޓީމުން ދިއުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔަފައެވެ. މި ދަތުރުގައި އިހަވަންދޫގައި އިމާރާތްކޮށްފައިވާ ފެރީ ޓާރމިނަލް ރައީސް ނަޝީދު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި 3500 އެއްހާ މީހުން ދިރިއުޅޭ މި ރަށުގައި 376 ގޯތި ހުންނަ އިރު އެރަށުގައި ކައުންސިލް އިންތިހާބަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓީމު އިހަވަންދޫއިން މިއަދު ހެނދުނު 10:00 ގައި ފުރައިގެން ޓީމުގެ ދެވަނަ މަންޒިލު ކަމަށްވާ އެ އަތޮޅު ހޯރަފުއްޓަށް ފޭބުމުން އެ ރަށުން ވެސް އެމްޑީޕީގެ ޓީމަށް މިވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355