twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދެ ރައީސަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުހަބާއެއް

އިބްރާހިމް ހަމީދު
Jan 14, 2020
4

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް، އެމްޑީޕީގެ ޓީމަށް ކުޅުދުއްފުށިން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައިސުލް ޖުމްޙުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ލޯކަލް ކައުންސިލް އިންތިހާބު" އެޖެންޑާ 19 ރަށަށް" މިނަމުގައި ކެމްޕެއިނަށް ތިލަދުންމަތީ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށް ވަޑައިގަތުމުންވަނީ ރައްޔިތުންވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުން މަޖިލީހުގެ ރައީސަށާއި އެމްޑީޕީގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިދަތުރުފުޅުގައި މާދަމާ ކުޅުދުއްފުށީ އެމްޑީޕީ އިން ބޭއްވުމަށް ހަމަޖެހިފައިވާ" އެމްޑީޕީ އިރުވައި" ކޮންފަރެންސް ފެށިގެންދާނެ އަދި މާދަމާ ރޭ އެމްޑީޕީއިން ކުޅުދުއްފުށީ ރައްޔިތުންނަށް ބާއްވާ ހާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މިދަތުރު ފެށީ މިމަހުގެ ބާރަވަނަދުވަހު މާލެއިންނެވެ. ތޭރަވަނަދުވަހުގެ ހެނދުނު ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ. އަތޮޅު އިހަވަންދޫއަށް ދިޔައިރު އަދި ހަމަ އިއްޔެ އެ އަތޮޅު ހޯރަފުށީގެ އިތުރުން ކެލާ އަދި ބާރަށާއި ދިއްދުއަށް ދެވިފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައިގެން ތިލަދުންމައްޗަށް މިފެއްޓެވި ކެމްޕެއިން ދަތުރުގައި މިއަދު ވަނީ ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ ކެމްޕެއިންޓީމާ ގުޅިވަޑައިގެންފައެވެ. އަދި މިއަދު ހދ ގެ ބައެއް ރަށްރަށަށް ކުރެއްވެވި ޒިޔާރާތުގައި ހދ ނޭކުރަންދޫގައި ޕްރެސްޕެރެޓީ ތިމާވެށީގެ އިވެންޓެއް ގައި ބައިވެރިވެ ރައިސުލް ޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އަދި މާދަމާ އެމްޑިޕީ އިން ކުޅުދުއްފުށީގައި ކުރިއަށްދާ މަހާސިންތާ އަދި ރައްޔިތުންނަށް ބާއްވާ ހާއްސަ ޖަލްސާގައި ވެސް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355