twitterviber whatsapp telegramfacebookyoutube instagram
4th July 2025

ވައުދުތައް ފުއްދުމަށް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބެން ޖެހޭ: ރައީސް

Jan 15, 2020
6

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ބޭނުންވާ ކަމަށާ އެހެން ނޫނަމަ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްތައް ކުރިމަތިވާނެކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެ ވައުދުތައް ގަބޫލު ކުރާ އަދި އެ ކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ.

އަދި އެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެކަމަށެވެ.

"އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީ އަށް ކާމިޔާބުވާން.އެހެން ނޫންނަމަ، އެހެން ގޮތަކަށް މިކަން ހިނގައްޖެނަމަ އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމުގައި ހުރަސްތައް ކުރިމަތިވާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެބައޮތް ކަމަށާއި މަޖިލީހުން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ކައުންސިލް އިންތިހާބު ދޭން އެ ބުނާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355