twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުއްޖާއަށް ޖިންސީ ގޯނާކުރި 3 މީހުން ދޫނިދޫގައި ބަންދުކޮށްފި

Jan 18, 2020
1

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ މާލެ ގެެނެސް ދޫނިދޫގައި ބަންދުކޮށްފި އެވެ.

އެދެމީހުންނަށް ވެސް ވަނީ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯތުން އަމުރުކޮށްފައެވެ. އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެ ދެމީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ވަނީ، ގއ. ގެމަނަފުށީ މެޖިސްޓްރޭޓްކޯޓަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފައި ވަނީ މިއަދު ހެނދުނު އެވެ.

އެއާޕޯޓުން ވަގުތުން އެމީހުން ވަނީ ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ދޫނިދޫއަށް ގެންގޮސްފަ އެވެ.

އެ މީހުން ޑޮމެސްޓިކް ޓާމިނަލްއިން ނެރުނު އިރު މުނިކާފަ އިނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އަދި އެ ކުއްޖާގެ ކާފަ ނުކުމެގެން އައީ ގޮނޑީގެ ފަހަތުންނެވެ. އެ މީހުން ވަށާލާފައި ފުލުހުން ތިއްބެވެ. އެހެން ނަމަވެސް ބިޑި އަޅުވާފައެއް ނުވެ އެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ތުއްތު ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ ފްލެޓެއްގައި "ފިލާ" އޮއްވާ އާންމުން އެތަނުގެ ބޭރަށް މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ އޭނާ ރޭ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ.

މިދެބަފައިންގެ ތެރެއިން މިސްކިތުގެ މުދިމުގެ ވަޒީފާގައި ހުރި ކުއްޖާގެ ކާފަ އަކީ މީގެ ކުރިން ވެސް އެކި އުމުރު ފުރައިގެ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ރަށު މީހުން ވަރަށް ބޮޑަށް ތުހުމަތު ކުރާ މީހެކެވެ.

މީގެ އިތުރުން، މުނި ކާފަ އެ ރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިހާރު ފުލުހުންނަށް އަންގަވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355