twitterviber whatsapp telegramfacebookyoutube instagram
17th May 2024

މިދިޔަ އަހަރު ކުޅުދުއްފުށީގެ މަގުތަކަށް 6000 ކޮޑިމީޓަރުގެ ވެލި އެޅި

އަބްދުލް ވާހިދު ޙަސަން
Jan 19, 2020
2

ކުޅުދުއްފުށީގެ ވެލިމަގުތައް ހެދުމަށް މިދިޔަ އަހަރު 6476 ކޮޑިމީޓަރުގެ ވެލި އަޅައި ޖުމްލަ 2532290 އަކަފޫޓްގެ މަގު ހަދާފައިވާކަމަށް ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޕަބުލިކް ވޯކްސްއިން ކޭއޯއާ ހިއްސާކުރި ލިޔެކިޔުންތަކަށް ބަލާއިރު މިދިޔަ އަހަރު އެޕްރީލްމަހުން ފެށިގެން މިއަހަރުގެ މި ހުސްވި ޑިސެމްބަރުމަހުގެ ނިޔަލަށް ޖުމްލަ 120 މަގު ހަދާފައިވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެކި ދުވަސްވަރު ކުރި ވިއްސާރާގައި ރަށުތެރެއިން ފެން ހިންދުމުގެ ގިނަ މަސައްކަތްތަކެއްވެސް ޕަބުލިކް ވޯކްސްއިން ކޮށްފައިވެ އެވެ.

އެގޮތުން ފިތުރު އީދު ދުވަހު ކުރި ވިއްސާރާގައި 300000 ލީޓަރުގެ ފެން ހިއްކާފައިވާއިރު 54 ގެޔަކަށް 61 ޓްރެކްޓަރުގެ ވެލި އަޅާދީފައިވެ އެވެ. އަދި ޑިސެމްބަރު އެއްވަނަ ދުވަހު ކުރި ވިއްސާރާގައި 210000 ލީޓަރުގެ ފެން ވަނީ ހިއްކާފަ އެވެ. އަދި ހަމަ އެދުވަހު 117500 ލީޓަރުގެ ފެންވެސް ރަށުތެރެއިން ހިއްކާފަ އެވެ.

އަދި އެދުވަހު އަމިއްލަ ފަރުދުންގެ ގެޔަކަށް 21 ޓްރެކްޓަރާއި އަދި ދިހަ ލޮރީ ވެލި އެޅި އެވެ. އަދި މިއަހަރު ވަނީ ބައެއް ސްކޫލުތަކުގެ ގޯތިތެރެއަށް ވެލިވެސް އަޅާދީފަ އެވެ.

މިދިޔަ އަހަރު ޕަބުލިކް ވޯކްސް އިން ބައެއް އެހެން މަސައްކަތްތަކަށް ބަލާއިރު މަގުމަތީގައި އަތުރާ ގައުވެސް ތިން ތަނަކަށް ހަދިޔާކޮށްފައިވެ އެވެ. އެއީ މަސްޖިދުލް ފިރުދައުސްގެ ކުރިމަތިމަގަށް 9393 ގަލާއި އަފީފުއްދީން ސްކޫލަށް 6000 ގާ އަދި ޖަލާލުއްދީން ސްކޫލަށް 6000 ގަލެވެ.

މިދިޔަ އަހަރަކީ ޕަބުލިކް ވޯކްސްގެ މަސައްކަތްތައް ރިކޯޑް އަދަދަކަށް ކުރެވުނު އަހަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355