twitterviber whatsapp telegramfacebookyoutube instagram
29th March 2024

އޯލެވެލް އިމްތިހާނުގައި މިހާތަނަށް އެންމެ ކާމިޔާބީ މިދިޔަ އަހަރު: އަފީފުއްދީން ސްކޫލް

އިބްރާހިމް ހަމީދު
Jan 20, 2020
5

މިދިޔަ އަހަރު ހެދި އޯލެވެލް އިމްތިހާނުން ކުޅުއްފުށީ އަފީފުއްދީން ސްކޫލުން ބައިވެރިވެ ދަރިވަރުން ހޯދާފައިވާ ނަތީޖާއަކީ އެސްކޫލުން ހޯދި ބޮޑު ކުރިއެރުމެއްކަމަށާއި އެއީ މިހާތަނަށް އެންމެ ކާމިޔާބު އަހަރުކަމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވެއްޖެ އެވެ.

ޕްރިންސިޕަލް ނާސިހާ ވިދާޅުވީ ދެހާސްނަވާރަވަނަ އަހަރު އަފީފުއްދީން ސްކޫލުން އޯލެވެލްގައި 46 ދަރިވަރުން ބައިވެރިވެ 3 ދަރިވަރުން ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައި އެވެ. ދެހާސް އަށާރަވައަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވަނީ ދެ ދަރިވަރުން ކަމަށެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ އަހަރަކީ މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި 2018 ވަނައަހަރަށް ވުރެން 2019 ވަނަ އަހަރުގެ އޯލެވެލް ނަތީޖާއިން 7 މާއްދާއިން ކުރިއެރުން ހޯދާ ފާސް ޕަސެންޓޭޖް އިތުރުވެފައިވާ ކަމަށެވެ.

"އެއްވެސް މާއްދާއެއް 60 އިންސައްތައަށް ވުރެން ދަށަކަށް ނުދޭ އަޅުގަނޑު ދަށްނަވާނީ 2018 ވަނައަހަރަށް ވުރެން 2019 ވަނައަހަރުގެ ރިޒާލްޓް ބޮޑުތަނުން ރަނގަޅޭ. ކުރިއެރުން ހޯދިވަރަށް ބަލާއިރު އަޅުގަނޑުމެންނަށް މިހާތަނަށް އެންމެ ކާމިޔާބު އަހަރަކީ 2019 ވަނައަހަރު، 7 މާއްދާއިން ކުރިއެރުން ހޯދާފައި އެބައޮތް." ނާސިހާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ސްކޫލުގައި އަލަށް ފެށި ޓްރެވަލް ޓުއަރިޒަމުންވެސް ނަތީޖާ ރަގަނޅުކަމަށާއި 85 ޕަސެންޓް ވަނީ ޓްރެވަލް ޓުއަރިޒަމުން ފާސްވެފައިވާ ކަމަށް ނާސިހާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 234 ސެންޓަރުން 5569 ކެންޑިޑޭޓުން ބައިވެރިވެއެވެ. މީގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައި ވެސް އިމްތިހާނު ބާއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355