twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބާރަށާއި ވަށަފަރު ކޯޓުގެ އާ އިމާރާތް ގާއިމް ކުރަނީ

ޚަދީޖާ އާދަމް
Jan 20, 2020

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން ހއ. އަތޮޅުގެ ހުރިހައި ރަށެއްގެ ކޯޓުތަކަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބާރަށާއި ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް އެޅުމަށް ބިން ހަވާލުކޮށް ހޯރަފުށި ކޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވައިފި އެވެ.

ހއ. އަތޮޅު ހުރިހައި ކޯޓުތަކެއްގެ ހާލަތު ބައްލަވާލެއްވުމާއި އަދި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް މި ދަތުރުފުޅުގައި ވަނީ ހަމަޖެހިފައެވެ.

ބާރަށުގެ މެޖިސްޓްރޭޓް ކޯޓު އެޅުމަށް ބިން ހަވާލުކޮށް މިމަހު 18 ވަނަ ދުވަހު ވަނީ ބިންގާވެސް އަޅާފައެވެ. ކޯޓު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ އަބްދުﷲ ނަޒީރެވެ.

ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް އެޅުމަށް އެރަށު ކައުންސިލްގެ އިދާރާއިން ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ އިއްޔެ އެވެ.

މި ބިންހަވާލުކުރި ކަމުގެ ލިޔުމާއި ހަވާލުވެލެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ޢަބްދުލްވާހިދު އިބްރާހީމް އެވެ. ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް މުހައްމަދު ވަހީދު ހަސަންއެވެ.

މީގެ އިތުރުން ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ހެނދުނު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

މި ދަތުރުފުޅުގައި ހއ. ހޯރަފުށީ ކޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެހެން އިމާރާތަކަށް ބަދަލުކުރުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެހިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355