twitterviber whatsapp telegramfacebookyoutube instagram
8th July 2025

އެމްޑީޕީ ޕްރައިމަރީގެ ވޯޓާސްލިސްޓް އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Jan 20, 2020
1

މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލެވޭ އެޕާޓީގެ އާންމު މެމްބަރުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. ލިސްޓާއިގުޅޭ އެއްވެސް ޝަކުވާއެއްވާނަމަ ޕާޓީގެ ވެބްސައިޓްގައިވާ ޝަކުވާ ހުށަހަޅާ ފޯމް ފުރުމަށްފަހު ޕާޓީއޮފީހަށް ނުވަތަ ޕާޓީގެ މެއިލްއަށް ފޮނުވުމަށް އެމްޑީޕީންވަނީ އެދިފަ އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައި ނުވަދިހަ ތިން ހާސް އެއް ސަތޭކަ ތިރީސް ނުވަ މީހުންނަށް ވޯޓްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި ލިބޭ ޝަކުވާތައް ބެލުމަށްފަހު މި އަދަދަށް ބަދަލުތަކެއް އައުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެޕާޓީން ބުނެއެވެ.

ކައުންސިލް އިންތިހާބަށް އަމާޒުކޮށްގެން އެމްޑީޕީގެ ލީޑަރޝިޕުންވަނީ ތިލަދުންމަތީގައި ހާއްސަ ކެންޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355