twitterviber whatsapp telegramfacebookyoutube instagram
19th September 2025

ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހިނަވާގެއެއް އަޅަނީ

އަބްދުލް ވާހިދު ޙަސަން
Jan 21, 2020
2

ކުޅުދުއްފުށީގައި މިއަހަރު ރަނގަޅު ފެންފަރުގެ ހިނަވާގެއެއްގެ އަޅަން ނިންމާ އެކަން ކައުންސިލްގެ ބަޖެޓްގައި ހިމަނައިފި އެވެ.

ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ހިނަވާ ރަށެވެ. މިހާރު ބޭނުންކުރާ ހިނަވާގެއަކީ ވަސީލަތްތައް މަދު ވަރަށް ކުޑަ ހިނަވާގެ އެކެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މިއަހަރު ކައުންސިލުން ބަޖެޓްކޮށްފައިވަނީ ރަނގަޅު ފެންވަރުގެ ހިނަވާގެއެއް އެޅުމަށް ކަމަށާއި އެތަނުގައި އެއްފަހަރާ ހަތަރު މީހުން ހިނެވޭހާ ޖާގައިގެ ހުންނާނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތާގައި ތިން އަހަރަށް ބަހާލައިގެން ހިނަވާގެ އިތުރަށް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށް ކައުންސިލްގެ ޑިރެކްޓަރު އަބުދުﷲ އާދަމް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަހަރުގެ ބަޖެޓްގައި ޖަމާއަތްތެރިންގެ ގޮތުގައި ފިރިހެނުންނާއި އަންހެންނުން ނަގަންވެސް ހަމަޖެހިފައިވެ އެވެ.

މިހާރު ކުޅުދުއްފުށީގައި ބޭނުންކުރަމުންދާ ހިނަވާގޭގެ ބައުވެ ވަސީލަތްތައް މަދުވުމުން ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355