twitterviber whatsapp telegramfacebookyoutube instagram
7th January 2026

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގައި 115 ބައިވެރިން

Jan 26, 2020
2

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އުސޫލުތަކަށް ބަދަލުގެނެސް ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް މިއަހަރު ހުޅުވާލި މުބާރާތުގައި 115 ފަރާތްތަކުން ބައިވެރިވެއްޖެ އެވެ.

ކައުންސިލް އިންތިޒާމުކޮށްގެން ރަށުގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު ހުޅުވާލީ ގިނަ ބަޔަކަށް މުބާރާތުން ފުރުސަތު ހޯދައިނުމަށެވެ.

ކޮންމެ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލި މި މުބާރާތުގެ މުއްދަތު ހަމަވިއިރު ޖުމްލަ 115 ބައިވެރިން ބައިވެރިވެފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

އެހެން އަހަރުތަކުގައި މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލުތަކާއި ޤުރުއާން ކުލާސްތަކުން ހޮވާލެވޭ ވަކި އަދަދެއްގެ ދަރިވަރުންތަކަކަށް އެކަންޏެވެ. އެހެންވުމުންގެ ސަބަބުން ގިނަ ދަރިވަރުންތަކަށް މުބާރާތުގައި ބައިވެރިވުމަށް އޮންނަ ފުރުސަތު ގެއްލިގެންދެ އެވެ.

އަދި ހަމަ މުބާރާތުގައި ވާދަކުރަން ބޭނުންވާ ދޮށީ އުމުރުފުރާގެ ފަރާތްތަކަށް އޮންނަ ފުރުސަތުވެސް ވަރަށް ބޮޑަށް އޮންނަނީ ހަނިވެފަ އެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ފެބުރުއަރީމަހު 20،21 އަދި 22 މި ތިން ދުވަހު އެވެ. މިދިޔަ އަހަރު މި މުބާރާތުގައި ވާދަކޮށްފައިވަނީ 102 ބައިވެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355