twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ދަރިވަރުންގެ މެދުގައި ފޮތް ކިޔުމުގެ ހުނަރު އިތުރުކުރުމަށް ހދ އޭއީސީގައި ޕްރޮގުރާމެއް ފަށައިފި

Jan 26, 2020
1

"އެވުރި ޗައިލްޑް ކޭން ރީޑް" ގެ ޝިޔާރުގެ ދަށުން ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުން ފޮތް ކިޔުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.

ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ފެށި މި ޕްރޮގުރާމުގައި އިފްތިތާހްކުރީ މިއަދު ބޭއްވި އެސެމްބުލީގައި ސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ ވިދާޅުވެފައިވަނީ މި ޕްރޮގުރާމަކީ ކުދިންގެ މެދުގައި ފޮތް ކިޔުމާއި ލިޔުމުގެ ހުނަރު އިތުރުކުރުމަށް ފެށި ޕްރޮގުރާމެއް ކަމަށެވެ.

މި ޕްރޮގުރާމުގެ ދަށުން ކޮންމެ ދުވަހަކުވެސް، ދަރިވަރަކު ސައުންޑް ބޭނުންކޮށްގެން މުޅި ސްކޫލަކަށް އިވޭނެހެން ވާހަކައެއް ކިޔައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފޮތް ކިޔައި ދުވަހެއްގެ ގޮތުގައި ހޯމަ ދުވަސް ހަމަޖައްސައި ޓައިމް ޓޭބަލަށް ބަދަލުގެނެސްފައިވާކަމަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ މިއަހަރު 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ. މި ސްކޫލުގައި ފައުންޑޭޝަން ގުރޭޑް ފެށިގެން ގުރޭޑް 9 އަކާއި ހަމައަށް ދަނީ ތައުލީމް ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355