twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަލާލުއްދީން ސްކޫލުން އޭލެވެލްއަށް ވަނުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 26, 2020

މި އަހަރު ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 11 އަށް ވަންނަށް އެދޭ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާ އެޕްލިކޭޝަން ފޯމް މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.

އެގޮތުން ގުރޭޑް 11 އަށް ވަނުމަށް އެދޭ ދަރިވަރުންގެ ތެރެއިން ސައިންސް ސްޓްރީމަށް ވަންނަން އެދޭ ދަރިވަރުން އެސް.އެސް.ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއިއެކު ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައި ވާން ޖެހޭނެ ކަމަށެވެ.

އަދި ގުރޭޑް 11 އަށް ވަނުމަށް އެދޭ ދަރިވަރުންގެ ތެރެއިން ބިޒްނަސް ސްޓްރީމަށް ވަދެވޭނީ އެސް.އެސް.ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވުމާއިއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް/ ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް މި 3 މާއްދާގެ ތެރެއިން ފާސްވެފައިވުމާއި އެކު ު ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން 1 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނެވެ.

ފާސްވިކަމުގައި ބަލަނީ އޭ ސްޓަރ، އޭ، ބީ، އަދި ސީ ފާސް ލިބިފައިވާކަމުގައިވާ ނަމައެވެ.

އަދި މީގެ އިތުރުން މި އަހަރު 11 އަށް ވަނަށް ބޭނުންވާ ދަރިވަރެއްނަމަ 2018 އޮކްޓޯބަރ/ ނޮވެމްބަރގައި ނުވަތަ އޭގެފަހުން ޖީ.ސީ.އީ އޯލެވެލް އާއި އެސް.އެސް.ސީ އިމްތިހާން ހަދާފައިވުމާއި އެކު ދިވެހިރާއްޖޭގެ ޤާނޫން ގަވައިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުމާއި 2020 މާރޗް 01 އަށް 19 އަހަރު ފުރިފައި ނުވުން އަދި ކައިވެންޏެ ކޮށްފައި ނުވާ ފަރާތަކަށް ވާން ވާނެކަމަށެވެ.

މި ޝަރުތުތައް ހަމަވާ ފަރާތް ތަކުން އަންނަ ފެބްރުއަރީ 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސްކޫލަށް ހުށައެޅުމަށާއި ފޯމް ނަގަން ދާއިރު ނަތީޖާ ސްލިޕް ހިފައިގެން ދިއުމަށް އެ ސްކޫލުން ބުނެ އެވެ.

ގްރޭޑް 11 ގެ ކިއެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް 15 ވަނަ ދުވަހު ކަމަށް ޖަލާލުއްދީން ސްކޫލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355