twitterviber whatsapp telegramfacebookyoutube instagram
28th March 2024

އިންޑިއާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެމްބަސީގައި ރަސްޖިސްޓަރީވާން އެދެފި

ނަބީލާ އިސްމާޢީލް
Jan 26, 2020

މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ވުހާން ވައިރަސްއާ ގުޅިގެން އިންޑިއާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާން އަންގައިފި އެވެ.

ޗައިނާގައި ފެތުރެން ފެށި މި ވައިރަސްއާ ގުޅިގެން މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

ޗައިނީސް އާ އަހަރު ފާހަގަކުރުމުގެ ގޮތުން އެ ގައުމުގެ އެތެރޭގެ އަދި ގައުމުން ބޭރަށް މީހުން ކުރާ ދަތުރުކުރާ މީހުންގެ އަދަދު އިތުރުވި އެވެ. ގައިންގަޔަށް ފަސޭހަކަމާ އެކު ފެތުރޭ މި ވައިރަސް އެހެންކަމުން ދަނީ ބާރު ސްޕީޑުގައި ފެތުރެމުންނެވެ.

މި ދެ ގައުމުގެ އެމްބަސީގެ އިތުރުން ޖަޕާނު އެމްބަސީންވެސް ޓްވިޓާ މެދުވެރިކޮށް އެދިފައި ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާށެވެ. މެލޭޝިއާ އެމްބަސީގެ ހޮޓްލައިން 60126557895+ އަށް ގުޅުމުން އެތަނުގެ ކޮންސިއުލާ ހިދުމަތްތައް ލިބޭނެ ކަމަށް އެމްބަސީން ބުނެ އެވެ. އިންޑިއާގެ އެމްބަސީން އެދުނީ އެ މީހެއްގެ ނަމާއި އެ މީހަކު ދިރިއުޅޭ ސިޓީ އަދި އިމަޖެންސީ ހާލަތެއްގައި ގުޅޭނެ އާއިލާ މީހެއްގެ ނަންބަރު ވެސް އިންޑިއާ އެމްބަސީއާ ހިއްސާ ކުރާށެވެ.

ބާރު ސްޕީޑުގައި އޭޝިއާގެ ގައުމުތަކުގައި ފެތުރެމުންދާ ވުހާން ވައިރަސް މެލޭޝިއާ އިން އިއްޔެ ފެނުނު ނަމަވެސް، މި ބަލިި އަދި އިންޑިއާ އަކުން ނުފެނެ އެވެ. ނަމަވެސް މި ބައްޔަށް ޝައްކުކުރެވޭ 11 މީހަކު ތިބި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355