twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ފަރާތުން ހަނިމާދޫގައި މެޑިކަލް ކޭމްޕެއް

ނަބީލާ އިސްމާޢީލް
Jan 28, 2020

އެއިމްސް ޑައިގްނޯސްޓިކް ކެއަރ ފަރާތުން ހދ. ހަނިމާދޫގައި މެޑިކަލް ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މި ކޭމްޕަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޭމްޕެކެވެ.

އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު އެރަށުގައި ކުރިއަށްދާ މެޑިކަލް ކޭމްޕް މި މަހު 31 ން އަންނަ މަހުގެ 2 ވަނަ ދުވަހަށް ކުރިއަށްދާއިރު ޑޮކްޓަރަށް ދެއްކުމުގެ ފީ ހިލޭ ކަމަށް އެ ކުލިނިކުން މައުލޫމާތުދެ އެވެ.

މި ކޭމްޕްގެ ތެރެއިން 31 ޖަނުއަރީގައި އަންހެނުންގެ ހާއްސަ ޑރ ކަރީމް މަމްދޫހު އަދި ކުޑަކުދިންގެ ހާއްސަ ޑރ އުލާ ޔޫސުފް އަހުމަދުގެ މައުލޫމާތު ސެޝަންއެއް ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މައުލޫމާތު ސެޝަންގައި ޑރ ކަރީމް މައުލޫމާތު ދެއްވާ ގޮތަށް ހަމަޖެހިފައިވަނީ ދަރިމައި ނުވުމާއި އައި.ޔޫ.އައި އާ ބެހޭ ގޮތުން ނެވެ. އަދި ޑރ އުލާ މައުލޫމާތު ދެއްވުމަށް ހަމޖެހިފައިވަނީ އަލަށް އުފަންވާ ދަރިފުޅަށް އަޅާލާނެ ގޮތާއި ބެހޭގޮތުންނެވެ.

މި މެޑިކަލް ކޭމްގައި 2ޑީ، 3ޑީ އަދި 4ޑީ އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ވެސް ލިބިގެން ދާނެ އެވެ. އަދި އަންހެނުންގެ ހާއްސަ ހުރިހާ ބަލިތަކަކުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ހުރިހާ ބަލިތަކަކަށް ފަރުވާ ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޕޮއިންޓްމެންޓް ހެއްދުން 7783809 އަދި 9975512 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އަދި ޑޮކްޓަރަށް ދެއްކުން ކުރިއަށް ދާނީ 09:00 ން 17:00 އަށް ހަނިމާދޫ ހެލްތް ސެންޓަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355