twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 28, 2020

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގާނޫނީ ދާއިރާގެ މެންބަރެއްގެ މަގާމު ހުސްވެފައި ވާތީ އެ ޓްރައިބިއުނަލަށް ގާނޫނީ ދާއިރާގެ މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އެ ފުރުސަތު ހުޅުވާލައްވާފައި ވަނީ އިއްޔެއެވެ.

މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ބޭފުޅުންނަށް މިއަދުން ފެށިގެން ފެބުރުވަރީ 2 ވަނަ ދުވަހުގެ 12:00 ގެ ފުރުސަތު އޮންނާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293